އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏަކަށް ބިދޭސީ މުވައްޒަފުން ގެނައުމަށް އެދި ހުށައެޅޭނީ ކޯޓާ ލިބިފައި ވާނަމައެވެ. ކޯޓާގެ ސަބަބުން ދިވެހި ރާއްޖެއަށް އެތެރެވާ ބިދޭސީންގެ އަދަދުބަލާ ރަނގަޅު ގޮތުގައި މޮނީޓަރ ކުރެވިގެން ދާނެއެވެ.
ކޯޓާގައި ހިމެނޭނީ ދެ ކެޓަގަރީ އެވެ:
– ކޮމާރޝިއަލް ކެޓަގަރީ
– ގަވަރމެންޓް ކެޓަގަރީ

ޑޮމެސްޓިކް މަސަތްކަތަށް ބޭރުމީހުން ގެނައުމަކަށް ކޯޓާ ބޭނުމެއް ނުވާނެ އެވެ.

ކޯޓާގެ ޒިންމާދާރުވާ ފަރާތަކީ އެންޕުލޯޔަރ އެވެ.

– އެކްސްޕެޓް ސިސްޓަމްގައި އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ކުރެވިފައިވުން.
– އެންޕްލޯޔަރ ބޭނުންވާނަމަ، ކޯޓާ ހުށައެޅުން ނުވަތަ ކޯޓާ ބެލެހެށްޓުމުގެ ގޮތުން ރެޕްރެސެންޓޭޓިވް އެއް ހަމަޖެއްސިދާނެއެވެ. ކުރެވިދާނެއެވެ.
– މަތީގައިވާ ކަންތައް ފުރިހަމަ ކުރުމަށް ފަހުގައި، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކޯޓާ އަށް އެދެވޭނެއެވެ.
( ކޯޓާ އަށް އެދޭތާ 15 ދުވަސް ތެރޭގައި ހަވާލު ކުރެވިފައިވާ ލިޔެކިޔުންތަކަށް ބަލާ ހުރިހާ ލިޔެ ކިޔުންތަކެއް ހަމަވާނަމަ ކޯޓާ ދޫކުރެވޭނެއެވެ.)

ކޮމާރޝިއަލް ކެޓަގަރީގައި ކޯޓާ އަށް އެދިވަޑައިގަތުމުގެ ގޮތުން ބޭނުންވާ ލިޔެކިޔުންތައް :
– ކުންފުނި ރަޖިސްޓުރޭޝަން
– ބިސްނަސަ ޕުރޮފިޓް ޓެކްސް
– އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ނުވަތަ ރިސިޕްޓް.
– މަސައްކަތް ކުރާ ތަނުގެ ފޮޓޯ. (އެތެރެ އަދި ބޭރު ފަރާތުގެ)
– ދިވެހި މުވައްޒަފުންގެ ލިސްޓް.
– ޕެންޝަން ރަޖިޝްޓުރޭޝަން.
މީގެ އިތުރުން އެކި މަސަތްކަތާ ގުޅޭ ލިޔެކިޔުން ތައް ބޭނުންވާނެއެވެ.

ގަވަރމެންޓް ކެޓަގަރީ ކޯޓާ އަށް އެދި ހުށައަޅަން ޖެހޭނީ :
– ސިޓީއެއް ކޯޓާއަށް އެދި ހުށައަޅާ. (ގެންނަން ބޭނުންވާ ބިދޭސީމީހުންގެ އަދަދާއި އާއެކު)
– ބޯރޑު ރިސޮލިއުޝަން

ކޯޓާ އެކްސްޓެންޑު ކުރުމަށް އެދި “މައި އޮންލައިން އެޕްލިކޭޝަން” އަށް ރިކުއެސްޓް ކުރާނީއެވެ. އަދި މިއާއިއެކު ކޯޓާ އެކްސްޓެންޝަން ފޯމް ހުށައަޅަން ވާނެއެވެ.

ކޯޓާ އިންކްރީސްއަށް (އިތުރު) ކުރުމަށް އެދި “މައި އޮންލައިން އެޕްލިކޭޝަން” އަށް ރިކުއެސްޓް ކުރާނީއެވެ. އަދި މިއާއިއެކު ކޯޓާ މޮޑިފިކޭޝަން ފޯމް ހުށައަޅަން ވާނެއެވެ.

Comments are closed.

Close Search Window