ދިވެހި ރާއްޖެއަށް ބިދޭސީ މީހަކު ގެންނަން ބޭނުންވާ ކޮންމެ އެންޕްލޯޔަރ އެއް އެކްސްޕެޓް ސިސްޓަމް ގައި ރަޖިސްޓްރ ކުރެވިފައި އިންނަ މީހަކަށް ވާންވާނެ އެވެ.

އޮންލައިން ރަޖިސްޓްރޭޝަން އަކީ ބިދޭސީ މީހުން މާލެ ގެނައުމުގެ ގޮތުން އެކްސްޕެޓް ސިސްޓަމް ގައި ރަޖިސްޓްރީ ކުރެވި، އޮންލައިން އެޕްލިކޭޝަން ހުށައަޅައި އަދި ކޯޓާ އާއި އީއޭ އަށް އެޕްލައި ކުރުމުގެ ގޮތުން އެކްސްޕެޓް ސިސްޓަމް ގައި ރަޖިސްޓްރީވުމެވެ.

18 އަހަރުން މަތީ ކޮންމެ ބޭފުޅަކަށްވެސް މި ސިސްޓަމް ގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު އޮންނާނެއެވެ.

  • egov.mv/workpermit ހުޅުވުމަށް ފަހުގައި، “ރަޖިސްޓަރ” އަށް ފިއްތަވާލައި އަދި ރަޖިސްޓަރ ވުމަށް ފޯމް ފުރާލެއްވުމަށް ފަހުގައި “ކުރިއޭޓް ޔޫސަރ” އަށް ކުލިކް ކޮށްލައްވާ.
    – އައިޑީ ކާރޑް، ފޯން ނަންބަރ ފަދަ މަޢުލޫމާތު ރަނގަޅަށް ފުރާލުމަށް ފަހުގައި ޔޫސަރ ރަޖިސްޓްރީ ކުރެވިގެން ދާނެ އެވެ.
    – އަދި ޔޫސަރ އެޕްރޫވް ކުރުމުގެ ގޮތުން، އެކައުންޓުގެ ވެރި ފަރާތް ، ހުރަވީ ބިލްޑިންގެ 3 ވަނަ ފަންގިފިލާ އަށް ދުރުވަން ޖެހޭނެ އެވެ.

    އޮންލައިން ރަޖިސްޓްރޭޝަން އަށް ބޭނުންވާ ލިޔެކިޔުން ތައް :
    – އައިޑީ ކާޑު ކޮޕީ. (އެކައުންޓް ވެރިފަރާތުގެ)

– ބިދޭސީ މުވައްޖަފުން މާލެ އެތެރެ ކުރުމުގެ ގޮތުން، ކޮންމެ އޭޖެންސީ އެއް ވެސް އެކްސްޕެޓް ސިސްޓަމް ގައި ރަޖިސްޓްރީ ކުރެވިފައި އިންނަން ވާނެ އެވެ. އޭޖެންސީ އެއް އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީ ވުމުން އޭޖެންސީ ހިންގުމުގެ ހުއްދަ ލިބިގެން ދާނެއެވެ.
ރަޖިސްޓްރީ ކުރުމަށް ފަހުގައި އޭޖެންސީ ރެޕްރެސެންޓޭޓިވް އެއް އޭޖެންސީ އަކާ އެސައިން ކުރުމަށް ފަހުގައި، އޭޖެންސީ ރެޕްރެސެންޓޭޓިވްއަކަށް އެ އޭޖެންސީގެ ނަމުގައި ކޯޓާ އަދި އީއޭ އަށް އެޕްލައި ކުރެވޭނެ އެވެ.

އެމްޕްލޯއިމަންޓް އޭޖެންސީ އެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ މުހިއްމު ލިޔެކިޔުންތައް :
– ބޯރޑު ރިސޮލިއުޝަން
– އޭޖެންސީގެ އެޑްރެސް ( ރެންޓަލް އެގްރީމެންޓް ކޮޕީ، އިމާރާތުގެ ވެރިފަރާތުގެ އައިޑީ ކޮޕީ )
– އެޓެސްޓު ކުރެވިފައިވާ ގުޅުން ހުރި ފޮރީން އޭޖެންސީ އެގްރީމަންޓް.
– ފޮރީން އޭޖެންސީ ޕާރމިޓް ނުވަތަ ލައިސެންސްގެ ކުލަ ކޮޕީ.

އޭޖެންސީ ރެޕްރެސެންޓޭޓިވް އެއް އެސައިން ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް :
– ބޯރޑު ރިސޮލިއުޝަންއެއް އޭޖެންސީ ރެޕްރެސެންޓޭޓިވް އެއް އެސައިން ކުރުމަށް.
– ވަޒީފާ އައި ބެހޭ ރިފަރެންސް ސިޓީ އެއް.

ބޯރޑު ރިސޮލިއުޝަން http://employment.trade.gov.mv އިން ޑައުންލޯޑް ކުރެވިދާނެ އެވެ. އަދި މި ބޯރޑު ރިސޮލިއުޝަން ހުށައެޅުމުގެ ގޮތުން ކޮންވެސް އެއް ޑައިރެކްޓަރ އެއް ހާޒިރުވާން ވާނެއެވެ.

ބޭނުންވާ ލިޔެކިޔުންތަށް :
– ރެޕްރެސެންޓޭޓިވް އެއް އެސައިން ކުރުމަށް އެދި ލިޔާ ސިޓީ.
– ރެޕްރެސެންޓޭޓިވްގެ އައިޑީ ކާޑް ކޮޕީ.

އެކްސްޕެޓް ސިސްޓަމް ގައި ކުންފުންޏަކަށް ރަޖިސްޓްރީ އެއް ނުކުރެވޭނެ އެވެ. ވީމާ ކުންފުނީގެ ފާރާތުން ރެޕްރެސެންޓް ކުރާނެ ފަރާތެއް ކަނޑައެޅުމަށް ކުންފުނީގެ ބޯޑް އިން ނިންމެވުމަށް ފަހުގައި ، ބޯރޑް ރިސޮލިއުޝަންއެއް އެކްސްޕެޓް ސިސްޓަމް އިން ހުށަ އަޅަން ޖެހޭނެއެވެ. އަދި ރެޕްރެސެންޓޭޓް ކުރާ ފަރާތުގެ އެކައުންޓެށް އިންނަން ވާނެ އެވެ.

ކޮމްޕެނީ ރިލޭޝަނެއް ހެދުމުގެ ގޮތުން ބޭނުންވާ ލިޔެ ކިޔުންތައް :
– ބޯރޑު ރިސޮލިއުޝަން
– ޑައިރެކްޓަރުންގެ އައިޑީ ކާރޑް ކޮޕީ (އެންމެ މަދުވެގެން 2 ޑައިރެކްޓަރުން އަދި ބޭރުފަރާތެއް ނަމަ ޕާސްޕޯޓް ކޮޕީ)
– ރިފަރެންސް ލެޓާރ (މި ލެޓާރގައި ޕެންޝަން ރަޖިސްޓުރީ ކުރެވިފައި އިންނަ ނަންބަރު ލިޔަން ވާނެއެވެ)
– ޕަވޯރ އޮފް އެޓަރނީ ( ޑައިރެކްޓަރުންނަށް ހާޒިރު ނުވެވޭނެ ހާލަތެއްގައި)

ބޯރޑު ރިސޮލިއުޝަންގެ ފޯރމެޓް  http://employment.trade.gov.mv އިން ޑައުންލޯޑް ކުރެވިދާނެ އެވެ.

ރީރަޖިސްޓަރޑު ފޮރީން ކޮމްޕެނީ ރިލޭޝަން ހެދުމުގެ ގޮތުން ބޭނުންވާނެ ލިޔެ ކިޔުންތަށް :
– ބޯރޑު ރިސޮލިއުޝަން އަދި ސިޓީއެއް
– ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓިފިކެޓް
– ޑިރެކްޓަރުންގެ ޕާރސްޕޯޓު އަދި އައިޑީ ކާޑުގެ އަސްލު އަދި ކޮޕީ.
– ވވަޒީފާގައި އުޅޭ ކަމުގެ ލިޔުން (ރެޕްރެސެންޓޭޓިވް އަކީ ޑައިރެކްޓަރ އެއް ނޫން ނަމަ.)
– ފޮރީން އިންވެސްމަންޓް އެގްރީމެންޓް.
– ޕަވޯރ އޮފް އެޓަރނީ (އަސްލު އަދި ކޮޕީ)
– ސަބްމިޓް ކުރާ ފަރާތުގެ އައިޑީ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ.

ޕާރޓްނަރޝިޕް ރިލޭޝަން ހެދުމުގެ ގޮތުން ބޭނުންވާ ލިޔެކިޔުންތަށް :
– ބޯރޑު ރިސޮލިއުޝަން
– ރަޖިސްޓްރޭޝަން ސެޓިފިކެޓް
– ޕާރޓްނަރޝިޕް އެގްރީމެންޓް.
– ޕާރޓްނަރުންގެ އައިޑީ ކާރޑް ކޮޕީ (އެންމެ މަދުވެގެން 2 ޕާރޓްނަރުންގެ)

ގަވަރމެންޓް އޮފީސް ނުވަތަ ކައުންސިލް ރިލޭޝަން ހެދުމަށް ބޭނުންވާ ލިޔެކިޔުންތަށް :
– އީ-ގަވަރމެންޓު މެދުވެރިކޮށް ރިލޭޝަން ހެދުމަށް އެދި ސިޓީއެއް ފޮނުވުން (ގަވަރމެންޓް އޮފީހެއް ނަމަ)
– ކައުންސިލް މެންބަރުންގެ ޤަރާރާއި އެކު ރިލޭޝަން ހެދުމަށް އެދި ސިޓީއް އީ-ގަވަރމެންޓު މެދުވެރިކޮށް ފޮނުވުން.

Comments are closed.

Close Search Window