އީ.އޭ ސްޓޭޓްމަންޓަކީ ބިދޭސީންނަށް މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާކަން އަންގައިދޭ ލިޔުމެވެ. މި ހުއްދަ ހޯދާ ، ހުއްދަ ލިބުންކަން ކަށަވަރުކުރުމަކީ ރާއްޖޭގައި މަސައްކަތްކުރަން އަންނަ ކޮންމެ ބިދޭސީ މުވައްޒަފެއްގެ ޒިންމާ އެކެވެ.

 • އީ.އޭ އެއް ހޯދުމަށް މަސައްކަތް ހަވާލުކުރާ ފާރާތުގައި 3 މަސް ހަމަނުވާ ކޯޓާއެއް އޮންނަންވާނެއެވެ.
 • އީ.އޭ ޕްރޮސެސްގައި 3 މަރުހަލާއެއް ހިމެނެއެވެ. އެއީ:
 1. އޮންލައިން ޕްރިލިމިނަރީ ޗެކް
 2. ވެރިފިކޭޝަން
 3. އެޕްރޫވަލް

އީ.އޭ ހުއްދަ ލިބޭނީ މަތީގައިވާ 3 މަރުހަލާ ފުރިހަމަ ކުރުމާއިއެކު ޑިޕޮސިޓް ޕޭމަންޓް ހަވާލުކުރުމުންނެވެ.

އީ.އޭ ހުއްދަ ލިބުނު ދުވަހުން ފެށިގެން 90 ދުވަސް ވުމުގެ ކުރިން ބިދޭސީ މުވައްޒަފު ރާއްޖެއަށް އަންނަން ވާނެއެވެ.

މުވައްޒަފަށް މަސައްކަތް ހަވާލުކުރާ ފާރާތް ބިދޭސީ މުވައްޒަފުގެ ވާރކް ވިސާ އަދި ވާރކް ވިސާ ލާރި އެމުވައްޒަފަކު ރާއްޖޭއަށް އައިތާ 5ދުވަސް ތެރޭ (މޯލްޑިވެސް އިމިގްރޭޝަނަށް) ދައްކަންވާނެއެވެ.

ނަމަވެސް އީ.އޭ ހުއްދަ ލިބިފައިވާ ބީދޭސީ މުވައްޒަފަކީ “ސްކްރީނިންގް ހިޓް ލިސްޓް” ގައި ހިމެނޭ ފަރާތަކަށް ވާނަމަ މި މިނިސްޓަރީއަށް އެ ހުއްދަ ބާޠިލް ކުރުމުގެ ބާރު ލިބިގެން ވެއެވެ.

މި ކެޓަރގަރީގެ ދަށުން  ކުންފުނިތަކުންނާއި އަމިއްލަ ފަރުދުންނަށް ކޮމާރޝަލް ބޭނުމަށް  ބިދޭސީއަކަށް ވަޒީފާ ދެވޭނެއެވެ. މީގެ ތެރޭގައި  ޕްރޮފެޝަނަލް އަދި ޕްރޮފެޝަނަލް ނޫން މަސައްކަތްތައް ހިމެނޭނެއެވެ.

އީ.އޭ ކޮމާރޝަލް ކެޓަގަރީ ގެ ދަށުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް

 • މުވައްޒަފުގެ ޕާސްޕޯޓްގެ އަމިއްލަ މައުލޫމާތު ހިމެނޭ ޞަފުހާގެ ކުލަ ކޮޕީ ) މުއްދަތު ހަމަވާން އެއް އަހަރަށް ވުރެ ގިނަ ދުވަސް ވުން(
 • މުވައްޒަފުގެ ޕާސްޕޯޓު ސައިޒުގެ ޑިޖިޓަލް ފޮޓޯ )ހުދު ބެކްގްރައުންޑް(
 • ވަޒީފާ ދިން ފަރާތް އަދި ވަޒީފާ ލިބުނު ފަރާތުގެ ފުރިހަމަ މަޢުލޫމާތު ބަޔާން ކޮށްފައިވާ ސިޓީއެއް (ކުލަ ކޮޕީ)
 • މުވައްޒަފުގެ ތަޢުލީމީ/ޕްރޮފެޝަނަލް ސަރޓިފިކެޓް ތައް (ހަމައެކަނި ޕްރޮފެޝަނަލް މަސައްކަތްތަކަށް)
 • އައި.އެމް 30 ފޯރމް (ސެކިޔުރިޓީ ސްކްރީނިން އެޕްލިކޭޝަން)

މި ކެޓަގަރީގެ ދަށުން (ދިވެހިން އަދި ޕްރޮފެޝަނަލް އީ.އޭ ގައި ހުއްދަ ލިބިފައިވާ ފަރާތްތައް) އަމިއްލަ ފަރުދުންނަށް ހުށެއެޅޭނީ  ޑޮމެސްޓިކް މަސައްކަތްތަކަށެވެ. މި ކެޓަރގަރީ އަކީ ޕްރޮފެޝަނަލް ނޫން ކެޓަރގަރީ އެއް ކަމުން ކޯޓާއެއް ބޭނުމެއް ނުވާނެއެވެ. އީ.އޭއިން ހުށަހަޅާ ޑޮމެސްޓިކް މަސައްކަތްތަކުގެ ކެޓަގަރީގައި ހިމެނޭ ބައިތައް ތިރީގައި މި ވަނީއެވެ؛

 • ޑޮމެސްޓިކް މަސައްކަތު މީހާ/ ގޭގައި މަސައްކަތްކުރާ ނޯކަރީ
 • އެޓެންޑަންޓް
 • ޑްރައިވަރ

އީ.އޭ ޑޮމެސްޓިކް ކެޓަގަރީ ގެ ދަށުން ހުށައަޅަން ޖެހޭ ލިޔެކިޔުންތައް

 • މުވައްޒަފުގެ ޕާސްޕޯޓްގެ އަމިއްލަ މަޢުލޫމާތު ހިމެނޭ ޞަފުހާގެ ކުލަ ކޮޕީ ) މުއްދަތު ހަމަވާން އެއް އަހަރަށް ވުރެ ގިނަ ދުވަސް ވުން(
 • މުވައްޒަފުގެ ޕާސްޕޯޓު ސައިޒުގެ ޑިޖިޓަލް ފޮޓޯ )ހުދު ބެކްގްރައުންޑް(
 • ވަޒީފާ ދިން ފަރާތް އަދި ވަޒީފާ ލިބުނު ފަރާތުގެ ފުރިހަމަ މަޢުލޫމާތު ބަޔާން ކޮށްފައިވާ ސިޓީއެއް (ކުލަ ކޮޕީ)
 • މުވައްޒަފުގެ އަމިއްލަ ޤައުމުން ހުށައަޅާފައުވާ އިގިރޭސިބަހުން ލިޔެފައިވާ މެޑިކަލް ރިޕޯރޓް (ކުލަ ކޮޕީ)
 • މުވައްޒަފުގެ އަމިއްލަ ޤައުމުން ހުށައަޅާފައިވާ އިގިރޭސިބަހުން ލިޔެފައިވާ ޕޮލިސް ރިޕޯރޓް (ކުލަ ކޮޕީ)
 • ވަޒީފާ ދޭފަރާތުގެ ރަށްވެހިކަމުގެ ރަޖިސްޓްރީ ނުވަތަ ކުލީގެ އެގްރީމަންޓް (ކުލަ ކޮޕީ)
 • ވަޒީފާ ދޭފަރާތުގެ ގޭގެ ފްލޯ ޕްލޭން (މުވައްޒަފު ދިރިއުޅޭ ތަން ހާމަކޮށް ދެ ހެކިވެރީންގެ މެދުގައި ސޮއިކުރެވިފައި ނުވަތަ ސަރުކާރުގެ އިދާރާއަކުން ހުއްދަދެވިފައި އޮތުން.)
 • ގޭގެ ވެރިފަރާތުގެ ލިޔުމެއް (ވަޒިފާ ދޭފަރާތަކީ ކުއްޔަށް ދިރިއުޅޭ ފަރާތެއް ނަމަ)
 • އެޓަންޑަންޓް ގެ މެޑިކަލް ސަރޓިފިކެޓްޓަށް އަށް އެދޭނަމަ (ސަރުކާރުގެ އިދާރާއަކުން ހުއްދަލިބިފައިވާ)
 • ބަލި މީހާއަށް ހުށައަޅަން ވާނީ ރާއްޖޭގެ ސަރުކާރު ގަބޫލުކުރާ މެޑިކަލް ސަރޓިފިކެޓް (އެޓެންޑަންޓް އަކަށް ހުށަހަޅާނަމަ)
 • މުވައްޒަފުގެ ޑްރައިވިން ލައިސަންސް ގެ ކުލަ ކޮޕީ (ޑްރައިވަރ އަކަށް ހުށަހައަޅާނަމަ)
 • ވަޒީފާ ދޭ މީހާގެ އެއްގަމު އުޅަނދުގެ ރަޖިސްޓްރީ (ޑްރައިވަރ އަކަށް ހުށައަޅާނަމަ)

އީ.އޭ ގަވަރމެންޓް ކެޓަގަރީ ގެ ދަށުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް

 • މުވައްޒަފުގެ ޕާސްޕޯޓްގެ އަމިއްލަ މަޢުލޫމާތު ހިމެނޭ ޞަފުހާގެ ކުލަ ކޮޕީ ) މުއްދަތު ހަމަވާން އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވުން(
 • މުވައްޒަފުގެ ޕާސްޕޯޓު ސައިޒުގެ ޑިޖިޓަލް ފޮޓޯ )ހުދު ބެކްގްރައުންޑް(
 • ވަޒީފާ ދިން ފަރާތް އަދި ވަޒީފާ ލިބުނު ފަރާތުގެ ފުރިހަމަ މަޢުލޫމާތު ބަޔާން ކޮށްފައިވާ ސިޓީއެއް (ކުލަ ކޮޕީ)
 • އައި.އެމް 30 ފޯރމް (ސެކިޔުރިޓީ ސްކްރީނިން އެޕްލިކޭޝަން)

މުވައްޒަފު ރާއްޖެއަށް އައުމަށްފަހު ޕާސްޕޯޓު ބަދަލުވެއްޖެ ހާލަތެއްގައި ވަޒީފާދޭފަރާތުން ޕާސްޕޯޓު ބަދަލުވިކަމަށް “މައި އޮންލައިން އެޕްލިކޭޝަން” މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ހުށަހެޅުމާއިއެކު، ކުރީގެ ޕާސްޕޯޓުގެ މަޢުލޫމާތު (ޕާސްޕޯޓު ނަންބަރ، ދޫކުރި ތާރިޚް، މުއްދަތުހަމަވާ ތާރީޚް) އީ.އޭގައި އާ ޕާސްޕޯޓުގެ މައުލޫމާތާއި އެއްގޮތަށް ބަދަލުކުރެވޭނެއެވެ.

 • ޕާސްޕޯޓު ބަދަލުކުރުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް
 • އާ ޕާސްޕޯޓުގެ އަމިއްލަ މަޢުލޫމާތު ހިމެނޭ ޞަފުހާ (ކުލަ ކޮޕީ)

އާ ޕާސްޕޯޓުގައި ކުރީގެ ޕާސްޕޯޓު ނަންބަރު އިންނަ އޮބްސަރވޭޝަން ޞަފުހާ

ހުރިހާ ބިދޭސީންގެ އީ.އޭ ހުށެހެޅޭނީ މުއްދަތު ހަމަވާ ތާރީޚާއި އެކުގައިއެވެ. އީ.އޭގެ މުއްދަތު އިތުރުކުރުމަށް މުއްދަތުހަމަވުމުގެ ތިން މަސް ދުވަސްކުރިން ހުށަހަޅަންވާނެއެވެ. ހުރިހާ އީ.އޭއެއްގެ މުއްދަތު އިތުރުކުރެވޭނީ އެއް އަހަރު ދުވަހަށެވެ. ނަމަވެސް ކޯޓާގެ މުއްދަތު އެއް އަހަރަށް ވުރެން މަދު ނަމަ އީ.އޭގެ މުއްދަތު އިތުރުކުރެވޭނީ ކޯޓާގެ މުއްދަތަށެވެ.

 • އީ.އޭގެ މުއްދަތު އިތުރުކުރަން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް
 • ފުރިހަމަ ކޮށްފައިވާ އީ.އޭގެ އެޕްލިކޭޝަން ފޯރމް

މުވައްޒަފުގެ ޕާސްޕޯޓްގެ އަމިއްލަ މައުޢުލޫމާތު ހިމެނޭ ޞަފުހާގެ ކުލަ ކޮޕީ ) މުއްދަތު ހަމަވާން 7މަހަށް ވުރެ ގިނަ ދުވަސްވެފައި ވުން(

މަސައްކަތް ހަވާލު ކުރާ ފަރާތުގެ އިރުޝާދުގެ ދަށުން އެހެން ތާކަށް ވަޒިފާ އަދާ ކުރުމަށް ބަދަލުވާނަމަ، މަސައްކަތް ހަވާލު ކުރާ ފަރާތް “My Online Applications” މެދުވެރިކޮށް ސައިޓް ޗޭންޖް ކުރަންވާނެއެވެ. އާ ވާރކް ސައިޓްއެއް ކެންސަލްކުރަން ބޭނުންވެއްޖެނަމަ މުއްދަތު ހަމަނުވާ ކޯޓާއެއް އޮންނަންވާނެއެވެ.

ކޮމާރޝަލް ކެޓަގަރީއިން ޑޮމެސްޓިކް ކެޓަގަރީއަށް ސައިޓް ބަދަލެއް ނުކުރެވޭނެއެވެ. މިފަދައިން ޑޮމެސްޓިކް ކެޓަގަރީއިން ކޮމާރޝަލް ކެޓަގަރީއަކަށް ވެސް ސައިޓް ބަދަލެއް ނުކުރެވޭނެއެވެ.

ސައިޓް ބަދަލުކުރުމަށް ހުށަހަޅަންޖެހޭ ތަކެތި:

 • ފުރިހަމަކޮށްފައިވާ އީ.އޭ އެޕްލިކޭޝަން ފޯމް (ސައިޓް ޗޭންޖް)
 • ބިދޭސީ މުވައްޒަފުގެ ޕާސްޕޯޓް ބަޔޯ ޑޭޓާ ޕޭޖް ކުލަ ކޮޕީއެއް (މަދު ވެގެން 7 މަސް ދުވަހުގެ މުއްދަތު އޮތް)
 • ވަޒީފާގެ އެއްބަސްވުން (ކުލަ ކޮޕީ)

ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީ މުވައްޒަފެއް އެހެން ވަޒީފާއަކަށް ބަދަލުވާނަމަ ވަޒީފާ ހަވާލުކުރާ ފަރާތް އެ މުވައްޒަފަކު “My Online Applications” މެދުވެރިކޮށް ވަޒީފާ ބަދަލުކުރަންވާނެއެވެ.

ކެންސަލް ކުރަން ބޭނުންވެއްޖެނަމަ މުއްދަތު ހަމަނުވާ އީ.އޭ  ހުއްދައެއް އޮންނަންވާނެއެވެ. އަދި ވަޒީފާ ބަދަލުކުރެވޭނީ ބިދޭސީ މުވައްޒަފު ރާއްޖޭގައި މަސައްކަތް ކުރާތާ 01 އަހަރު ދުވަސް ފަހުއެވެ.

ވަޒީފާ ބަދަލުކުރުމަށް ހުށަހަޅަންޖެހޭ ތަކެތި:

 • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އޮކިއުޕޭޝަން ޗޭންޖް/ ވަޒީފާ ބަދަލުކުރުމަށް)
 • ބިދޭސީ މުވައްޒަފުގެ ޕާސްޕޯޓް ބަޔޯ ޑޭޓާ ޕޭޖް ކުލަ ކޮޕީއެއް (މަދު ވެގެން 7 މަސް ދުވަހުގެ މުއްދަތު އޮތް)
 • ވަޒީފާގެ އެއްބަސްވުން (ކުލަ ކޮޕީ)

ވަޒީފާގެ ދާއިރާއާ ގުޅޭ ތަޢުލީމީ ސެޓްފިކެޓްތައް (ނޮން-ޕްރޮފެޝަނަލް ދާއިރާއަކުން ޕްރޮފެޝަނަލް ދާއިރާއަކަށް ބަދަލުވާނަމަ)

 

ވަޒީފާ ހަވާލުކުރާ ފަރާތް ބަދަލުވެއްޖެނަމަ، އާ އެމްޕްލޯޔަރ / ވަޒިފާ ހަވާލުކުރާ ފަރާތް “My Online Applications” މެދުވެރިކޮށް ވަޒީފާ ހަވާލުކުރާ ފަރާތް / އެމްޕްލޯޔަރ ބަދަލު ކުރެވޭނެއެވެ.  މި ރިކުއެސްޓް ކެންސަލްކުރަން ބޭނުންވެއްޖެނަމަ މުއްދަތު ހަމަނުވާ އީ.އޭ ހުއްދައެއް ބޭނުންވާނެއެވެ. ވަޒީފާ ހަވާލުކުރާ ފަރާތް ބަދަލުކުރެވޭނީ ބިދޭސީ މުވައްޒަފު ރާއްޖޭގައި 1 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތް ކުރުމަށް ފަހުއެވެ.

ވަޒީފާ ހަވާލުކުރާ ފަރާތް ބަދަލުކުރުމަށް ހުށަހަޅަންޖެހޭ ތަކެތި:

 • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެމްޕްލޯޔަރ ޗޭންޖް)
 • ބިދޭސީ މުވައްޒަފުގެ ޕާސްޕޯޓް ބަޔޯ ޑޭޓާ ޕޭޖް ކުލަ ކޮޕީއެއް (މަދު ވެގެން 1 އަހަރު ދުވަހުގެ މުއްދަތު އޮތް)
 • ވަޒީފާގެ އެއްބަސްވުން (ކުލަ ކޮޕީ)
 • ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ
 • ވަޒީފާގެ ދާއިރާއާ ގުޅޭ ތަޢުލީމީ ސެޓްފިކެޓްތައް (ނޮން-ޕްރޮފެޝަނަލް ދާއިރާއަކުން ޕްރޮފެޝަނަލް ދާއިރާއަކަށް ބަދަލުވާނަމަ)
 • ވަޒީފާ ހަވާލުކުރާ ފަރާތުގެ ރަށްވެހިންގެ ރެޖިސްޓްރީ ނުވަތަ ކުއްޔަށް ހިފާފައިވާ ތަނަކަށްވާނަމަ ކުލީގެ އެގްރިމަންޓް (ޑޮމެސްޓިކް ކެޓަގަރީ)
 • ބިދޭސީ މުވައްޒަފުގެ ޑްރައިވިންގ ލައިސެންސްގެ ކުލަ ކޮޕީ (ޑޮމެސްޓިކް ޑްރަވަރަކަށް ވާނަމަ)
 • ވަޒީފާ ހަވާލުކުރާ ފަރާތުގެ ވެހިކަލް ރެޖިސްޓްރޭޝަންގެ ކުލަ ކޮޕީ (ޑޮމެސްޓިކް ޑްރަވަރަކަށް ވާނަމަ)

އީ.އޭ ކެންސަލްކުރުމަށް ހުށަހަޅަންޖެހޭނީ “My Online  Applications” މެދުވެރިކޮށެވެ. އީ.އޭ ކެންސަލްކުރެވޭނީ ތިރީގައިވާ ހާލަތްތަކަށް ރިޢާޔަތްކޮށްފައެވެ.

 • ބިދޭސީ މުވައްޒަފަށް ވަޒީފާ އަށް ނުނިކުމެވޭނަމަ
 • ބިދޭސީ މުވައްޒަފު ވަޒީފާ އެއްބަސްވުން ހަމަވުމުން ނުވަތަ ވަޒީފާއިން ވަކިވެގެން ރާއްޖެ ދޫކޮށް ގޮސްފިނަމަ
 • ބިދޭސީ މުވައްޒަފު ވާރކް ވިސާ އެއް ކައިވެނީގެ ވިސާއަކަށް ބަދަލުކުރަން ބޭނުންވެއްޖެނަމަ
 • ބިދޭސީ މުވައްޒަފު ރާއްޖޭގައި މަސައްކަތްކުރަމުންދަނިކޮށް ނިޔާވެއްޖެނަމަ

އީ.އޭ ކެންސަލްކުރުމަށް ހުށަހަޅަންޖެހޭ ތަކެތި:

 • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް – އީ.އޭ ކެންސަލްކުރުމަށް އެދި
 • ކައިވެނީގެ ސެޓްފިކެޓް ކުލަ ކޮޕީ (ވާރކް ވިސާ އިން ކައިވެނީގެ ވިސާއަކަށް ބަދަލުކުރާނަމަ)
 • ބިދޭސީ މުވައްޒަފުގެ މަރުގެ ސެޓްފިކެޓް (ނިޔާވެއްޖެ ހާލަތެއް ނަމަ)

ނޯޓް:

 • އީ.އޭ ކެންސަލްކުރުމަށް ފުރިހަމަކޮށްފައިވާ ވަޒީފާގެ އެއްބަސްވުން ނުވަތަ ވަޒީފާއިން ވަކިކުރެވިފައިވާ ކަމުގެ ލިޔުން ބަލައިގަންނާނީ ބިދޭސީ މުވައްޒަފު ރާއްޖެ ދޫކޮށް ގޮސްފައިވާނަމައެވެ.
 • ގެއްލިފައިވާ ބިދޭސީ މުވައްޒަފުން ނުވަތަ ސަލާމަތްވެގެން އުޅޭ މުވައްޒަފުންގެ އީ.އޭ ކެންސަލްކުރެވޭނީ އެ މުވައްޒަފަކު ރާއްޖެ ދޫކޮށް ދިއުމުންނެވެ.
 • އީ.އޭ އެޕްލިކޭޝަން ފޯމް ކެންސަލްކުރުމަށް ޑިޕާޗަރ ދުވަހާ ހަމައަށް ވިސާ ފީ ދައްކަންޖެހޭނެއެވެ.
 • ވާރކް ވިސާ އިން ކައިވެނީގެ ވިސާއަކަށް ބަދަލުކުރާނަމަ، ކައިވެނި ކުރާ ތާރިޚާއި ހަމައަށް ވިސާ ފީ ދައްކަންޖެހޭނެއެވެ. އަދި ކައިވެނި ހުއްދަ ކަމަށް ބެލެވޭނީ، ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތަށް ކުރެވެފައިވާ ކައިވެންޔަކަށް ވާނަމައެވެ.
 • ނިޔާވެފައިވާ ބިދޭސީ މުވައްޒަފެއްގެ އީ.އޭ ކެންސަލް ކުރެވޭނީ މަރުގެ ސެޓްފިކެޓްގައިވާ ތާރީޚާއި ހަމައަށް ވިސާ ފީ ދައްކާފައިވާނަމައެވެ.
 • ރާއްޖެ އައިތާ 15 ދުވަސް ތެރޭ ރާއްޖެ ދޫކޮށްދާ މުވައްޒަފުގެ ވިސާ ފީ ދައްކާކަށް ނުޖެހޭނެއެވެ.

Comments are closed.

Close Search Window