މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މައިގަނޑު މަސްޢޫލިއްޔަތަކީ ދިވެހރާއްޖެއަށް އިޤްތިސާދީ ކުރިއެރުން ހޯދުމަށްޓަކައި ވިޔަފާރި އަދި އިންވެސްޓްމަންޓްއާ ގުޅޭ ސިޔާސަތުތަކާއި ޤަވައިދުތައް އެކުލަވާލައި ތަންފީޒުކުރުމެވެ. މި މިނިސްޓްރީއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން: ވިޔަފާރިތައް (ކޮމްޕެނީ، ޕާރޓްނާޝިޕް، ކޯޕަރޭޓިވްސް އަދި ފޮރިން އިންވެސްޓްމަންޓް) ރަޖިސްޓްރީ ކުރުން، ވިޔަފާރިކުރުމަށް ބޭނުންވާ ޕާރމިޓް އަދި ލައިސެންސްތައް ދޫކުރުން، ބިދޭސީ މުވައްޒަފުންނަށް ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލް (އީ.އޭ) ދޫކުރުން ހިމެނެއެވެ. އިމިގްރޭޝަން ޤާނޫނު (1/2007)ގެ ދަށުން އެކްސްޕެޓް (EXPAT) އޮންލައިން ސިސްޓަމެއް 26 ނޮވެމްބަރ 2012 ގައި  ތަޢާރަފުކުރެވުނެވެ. މިއީ ބިދޭސީ މަސައްކަތްތެރީން ރާއްޖެ ގެނެއުމަށް ފަސޭހަކަމާއި އެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް މޯލްޑިވްސް އިމިގްރޭޝަން އަދި އެން.ސީ.އައި.ޓީ އިން ހެދި އޮންލައިން ސިސްޓަމެކެވެ.
 މި ސިސްޓަމްގައި 4 ބައެއް ހިމެނެއެވެ. އެއީ:

– އޮންލައިން ރެޖިސްޓްރޭޝަން

– ކޯޓާ

– އީ.އޭ (އެމްޕްލޯއިމަންޓް އެޕްރޫވަލް)

– ޑިޕޮސިޓް

މި ސަރުކާރުގެ ވަޢުދުތައް:

* ކޯޓާ ދޫކުރުމުގައި އަދި ބިދޭސީ މުވައްޒުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ކޮރަޕްޝަން ނައްތާލުން

* އެންމެ މަދު މިނުން ދެވޭނެ އުޖޫރަ (މިނިމަމް ވޭޖް) ކަނޑައެޅުން

* ވަޒީފާ އަދާކުރާ ޒުވާނުން އިތުރުކުރުން / ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން

* ފަންނީ ހުނަރު ތަރައްޤީ ކުރުމަށް ޓްރެއިނިންގެ ފުރުސަތުތައް ހުޅުވާލުން

* މަސައްކަތްތެރިންގެ އަގުވަޒަންކުރާ އިޤްތިސާދެއް ބިނާކުރުން

* ފަހުރުވެރި ވާރކްފޯސްއެއް ޤާއިމުކުރުން

Comments are closed.

Close Search Window